ސިޔާސީ ބޮޑު ބަދަލެއް: ރައީސް ނަޝީދު އެމްޑީޕީގެ އެޑްވައިޒަރަކަށް!
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ރަނގަޅުކޮށް ޕާޓީ ވަރުގަދަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެ ޕާޓީގެ އެޑްވައިޒަރުންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކުރަން ނިންމައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން "ޖީލުއޮންލައިން" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ނިންމުމަކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައި، އާންމު މެމްބަރުންގެ ރޫހާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މިވަގުތު އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަނި ކަމަށްވާއިރު، ރައީސް ނަޝީދު މި މަގާމަށް އިތުރުވުމަކީ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
Ads by BMLމި ބަދަލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމުގައި އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ.
ޕާޓީގެ އެންމެ އިސް ސަފުގައި ތިއްބެވި ތަޖުރިބާކާރު ސިޔާސީ ލީޑަރުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ފެށުމަކީ، ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި އުއްމީދު އާވެގެންދާނެ ކަމެއް ކަމަށާއި
އެމްޑީޕީގެ އެތެރޭގައި ހިނގި ސިޔާސީ ހަލަބޮލިކަމަށްފަހު، ރައީސް ނަޝީދު އަލުން ޕާޓީގެ ލަފާދޭ މަގާމަކަށް ވަޑައިގަތުމަކީ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ލޮޅުމެއް ކަމަށް މުހައްލިލުން ދެކެއެވެ.
މި ނިންމުމާއެކު އެމްޑީޕީން އަމާޒު ހިފާފައިވަނީ ޕާޓީގެ ހުރިހާ ގުނަވަންތަކެއް އެކުވެގެން، ވަރުގަދަ އިދިކޮޅު ހަރަކާތެއްގެ ގޮތުގައި ކުރިއަށް އޮތް އިންތިހާބަށް ކުރިމަތިލުމަށެވެ.
Ads by MACL
