ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓި، އީރާނުގެ ފައިސާތައް ދޫނުކުރި، މަޝްވަރާތަކަށް ބޮޑެތި ހުރަސްތަކެއް!

ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓި، އީރާނުގެ ފައިސާތައް ދޫނުކުރި، މަޝްވަރާތަކަށް ބޮޑެތި ހުރަސްތަކެއް!

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި، ހިފަހައްޓާފައިވާ އީރާނުގެ ބިލިއަނުން ގުނޭ ފައިސާ ދޫކުރުމަށް އެމެރިކާއިން ވެފައިވާ އިގުރާރުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާން އޮތް މަޝްވަރާތައް މިހާރު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

އީރާނުގެ ނޫސްވެރިއެއް ކަމަށްވާ ޚަލީލީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ޔަގީންކަން ދީފައިވީ ނަމަވެސް، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށާއި ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުމަށް އެމެރިކާއިން އަދިވެސް ވަނީ ނުކުޅެދިފަ އެވެ. މިއީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުން ބާރުއަޅަމުންދާ މުހިންމު ކަންތައްތަކެކެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ވަފުދުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން، މިއަދު ނިމުމުގެ ކުރިން އެމެރިކާއިން މި ޝަރުތުތައް ފުރިހަމަނުކޮށްފިނަމަ، އެމެރިކާގެ މަންދޫބުންނާ ބައްދަލުނުކުރުމަށް އީރާނުގެ ވަފުދުން ނިންމަފާނެ ކަމަށް ބެލެވެއެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެމެރިކާއިން މިކަމުގައި އަމަލުކުރާނެ ގޮތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.