ޢުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގެ ދަށުން ކުރެއްވި ޢުމްރާގެ މަތިވެރި އަޅުކަން ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން މި ދަތުރުފުޅު ފެއްޓެވީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ސަރުކާރުން ދެއްވި ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅަކަށް ވުމާއެކު، ދަތުރުގެ ހުރިހާ އިންތިޒާމްތަކަކާއި ޚަރަދުތަކެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ދެކަނބަލުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެކެވެ.
Ads by BML
Ads by MACL
