އީރާނުގެ ހިފަހައްޓާފައިވާ ހުރިހާ ފައިސާއެއް ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެއްޖެ
1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ނުވަތަ ފައިސާތައް ދޫކޮށްލުމަށް އެމެރިކާ ސަރުކާރުން އެއްބަސްވެއްޖެ އެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އައި ބޮޑު ބަދަލެކެވެ.
މި ނިންމުމަކީ އީރާނުގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވޭއިރު، މިއީ އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މި ފައިސާ ދޫކޮށްލުމަށް ނިންމާފައިވަނީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގަ އެވެ.
މި މައުލޫމާތުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ މެދު ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މިފަދަ ކަންކަމަށް މަގުފަހިވެފައިވެ އެވެ.
Ads by BMLޚާއްސަކޮށް ހަނގުރާމައަކަށް ދިއުމުގެ ކުރިން އީރާނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދެކި، އެ ގައުމަށް ލުއިކޮށް ބެލުމުގެ ނަތީޖާއެއްގެ ގޮތުން މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ.
މި ހާދިސާއިން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، ދުޝްމަނަކީ ކިތަންމެ ބަލިކަށި ބައެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، އެބަޔަކަށް ދުވަހަކުވެސް ދަށް ނަޒަރަކުން ނުބެލުމެވެ. އީރާނުގެ މި މާލީ ވަސީލަތްތައް ދޫކޮށްލުމާއެކު، ސަރަހައްދީ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މުހައްލިލުން ލަފާކުރެ އެވެ.
Ads by MACL
