އީރާންގެ ރައްދު އެމެރިކާއަށް: ބިރުދައްކަން ނޫޅޭ، ހޮރްމުޒް ކަނޑުއޮޅިއެއް ނުހުޅުވޭނެ، ނުވެސް ހުޅުވާނަން
ހޮރްމުޒް ކަނޑުއޮޅި އެއްވެސް ހުރަހެއް ނެތި ހުޅުވާލުމަށާއި، އޭގެ ބަދަލުގައި އީރާނަށް ހަމަލާނުދޭނެ ކަމަށް ބުނެ އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ. މި މަޝްވަރާތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެމެރިކާގެ ހުށަހެޅުމަށް އީރާނުގެ ޝަރުތުތައް ކުރިމަތިކުރައްވާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާރުތައް ހުރި ގޮތް މިހާރު މުޅި ދުނިޔެއަށް ފެނިފައިވާ ކަމަށެވެ. އަދި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 11 ޓްރިލިއަން ރިއާލްގެ މުދަލާއި ފައިސާ ދޫކޮށްނުލަނީސް، ހޮރްމުޒް ކަނޑުއޮޅި އެއްވެސް ހުރަހެއް ނެތި ހުޅުވާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
45 އަހަރުވީ މައްސަލައެއްގެ ހައްލު
އެމެރިކާއިން އީރާނުގެ މުދަލާއި ފައިސާ ހިފަހައްޓާފައިވަނީ 1979 ވަނަ އަހަރުން ފެށިގެންނެވެ. ޔޫރަޕް، ޖަޕާން އަދި ދެކުނު ކޮރެއާގައި ހުރި މި ފައިސާގެ އަދަދު ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ވަނީ 11 ޓްރިލިއަން ރިއާލަށް އިތުރުވެފައެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތައް ބުނާގޮތުން، އީރާނުގެ މި ޝަރުތުތަކަށް އެމެރިކާއިން މިހާރު ވަނީ އެއްބަސްވެފައެވެ. މިއީ އީރާނުން ހޯދި ޑިޕްލޮމެޓިކް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
"ދުނިޔޭގެ ބާރުތައް ހުރި ގޮތް މިހާރު މުޅި ދުނިޔެއަށް ވަނީ ފެނިފައި. އެމެރިކާއިން ހިފަހައްޓާފައިވާ 11 ޓްރިލިއަން ރިއާލް ދޫކޮށްނުލަނީސް ހޮރްމުޒް ކަނޑުއޮޅި ހުޅުވައެއް ނުލެވޭނެ،" އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
Ads by MACL
