ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ޓްރަމްޕް ގޮވާލިގޮވާލުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޮޅުހަދައިފި

ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ޓްރަމްޕް ގޮވާލިގޮވާލުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޮޅުހަދައިފި

ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ކަނޑުގެ ސިފައިންގެ ކޯލިޝަނެއްގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކަށް ކުރެއްވި އިލްތިމާސަށް ގިނަ ގައުމުތަކަކުން ނޫނެކޭ ބުނެފިއެވެ.

މި ހުށަހެޅުމަކީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދަން ރޭވި ހަރަކާތެކެވެ.



މި ކޯލިޝަނުގައި ބައިވެރިވުމަށް އެމެރިކާއިން ދިން ދައުވަތަށް ޔޫރަޕާއި އޭޝިއާގެ ނުފޫޒުގަދަ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އިޓަލީ، ސްޕެއިން، ޖަޕާން، ނޯވޭ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޖަރުމަނުވިލާތް ހިމެނެއެވެ. މި ގައުމުތަކުން ވަނީ އެމެރިކާގެ ހުށަހެޅުން ރަސްމީކޮށް ބަލައިނުގަންނަން ނިންމާފައެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުން މިކަމުގައި ވަކި ގޮތެއް ނިންމުމަށް ފަސްޖެހެމުންދާއިރު، ޗައިނާ އާއި ނެދަލޭންޑްސް އިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ދެކުނު ކޮރެއާއިން ވެސް މި ކޯލިޝަނުގައި ބައިވެރިވާނެކަމުގެ އެއްވެސް ކަށަވަރުކަމެއް މިހާތަނަށް ދީފައެއް ނުވެއެވެ.

މި ނިންމުންތަކާއެކު، ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ އެކަހެރިވަމުންދާކަމުގެ އިޝާރާތްތަކެއް ލިބެމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދުނިޔޭގެ މުހިންމު ބާރުތަކުން އެމެރިކާގެ މި އިސްނެގުމަށް ތާއީދު ނުކުރުމަކީ ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.