މުޖުތަބާ ޚާމަނާއީގެ ވަރުގަދަ އިންޒާރެއް: "އިޒްރޭލުގެ ހަކަތަ އުފައްދާ ހުރިހާ މަރުކަޒެއް ނައްތާލާނަން"
އިރާނުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ، އެމެރިކާގެ ވައިޓް ހައުސްއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއިން އާދޭސްކުރީ އަލުން ހަތިޔާރު އެޅުމަށް ކަމަށާއި، ނަމަވެސް އެ ފުރުސަތު ދިނީ އެމެރިކާގެ ބަލިކަށިކަން ހާމަކުރުމަށް ކަމަށެވެ.
ޚާމަނާއީ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުން ކޮންމެ އެއްޗެއް ގެނައި ކަމުގައިވިޔަސް، ދެ ދުވަހުގެ ތެރޭގައި އެތަކެތި ފުނޑުފުނޑުކޮށްލާނެ ކަމަށެވެ.
"އަހަރެމެންގެ މިސައިލާއި ޑްރޯންގެ ބާރު ކުރިއަށް އޮތް 10 އަހަރަށްވެސް ހުސްނުވެ ހުންނާނެ. ލިބޭ ކޮންމެ ގެއްލުމަކަށް، އޭގެ އެތައް ހާސް ގުނައެއް އަހަރެމެން އުފައްދާނަން،" އޭނާ ވިދާޅުވިއެވެ.
ތެލް އަވީވަށް ފުރިހަމަ ބާރާއެކު ހަމަލާދޭނެ ކަމުގެ އިންޒާރު
އިރާނުން ދެން މަޑުން ނޯންނާނެ ކަމަށާއި، ތެލް އަވީވަށް ފުރިހަމަ ބާރާއެކު ހަމަލާދޭނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް ހަކަތަ އުފައްދާ މަރުކަޒެއް ސަލާމަތެއް ނުވާނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިރާނުން މިހާރުވެސް ވަނީ މުހިންމު އަމާޒުތަކަށް ފޮނުވާލުމަށް 10،000 އަށްވުރެ ގިނަ މިސައިލް ތައްޔާރުކޮށްފައެވެ.
މިއީ އެންމެ ފަހުގެ އިންޒާރުކަން ފާހަގަކުރައްވަމުން ޚާމަނާއީ ވިދާޅުވީ، ދެން އެއްވެސް މަޝްވަރާއެއް ނުވަތަ ހަނގުރާމަ ހުއްޓާލުމެއް ނޯންނާނެ ކަމަށެވެ.
"ދެން އޮތީ ނަސްރު ނުވަތަ ޝަހީދުވުން،" އޭނާ ވިދާޅުވިއެވެ.
އަދި އެމެރިކާއިން އަލުން ކުރިމަތިލުމަކަށް އަތުވެއްޖެނަމަ، އިރާނުންވެސް އެނބުރި އަންނާނެ ކަމަށާއި ކާމިޔާބީ އޮތީ އެމީހުންނާއެކު ކަމަށް ވިދާޅުވެ ޚާމަނާއީ ވިދާޅުވި އެވެ.
Ads by MACL
