ދުސްމަނުންނަށް ޚާމަނާއީގެ ފަހުގެ އިންޒާރު: ދެން އެއްވެސް މަޝްވަރާއެއް ނޯންނާނެ، ދެން އޮތީ ނަސްރު ނުވަތަ ޝަހީދުވުން،
އިރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ، އެމެރިކާ އާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފި އެވެ. އޭނާ ވިދާޅުވީ ދެންމެ މީގެ ފަހުން އެމެރިކާ އަދި އިޒްރޭލާއި އެކު އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށެ. އަދި ދެން އޮތީ ހަނގުރާމައިން ނަޞްރު ލިބުން ނުވަނަ ޝަހީދުވެގެން ދިއުން ކަމަށެވެ.
ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއިން އާދޭސްކުރީ އަލުން ހަތިޔާރުތައް ޖަމާކޮށް ތައްޔާރުވާން ކަން ފާހަގަކޮށް ޚާމަނާއީ ވިދާޅުވީ ނަމަވެސް އެ ފުރުސަތު ދިނީ އެމެރިކާގެ ބަލިކަށިކަން މުޅި ދުނިޔެއަށް ހާމަކުރުމަށް ކަމަށެވެ.
ޚާމަނާއީ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުން ކޮންމެ އެއްޗެއް ގެނައި ކަމުގައިވިޔަސް، ދެ ދުވަހުގެ ތެރޭގައި އެތަކެތި ފުނޑުފުނޑުކޮށްލާނެ ކަމަށެވެ.
"އަހަރެމެންގެ މިސައިލާއި ޑްރޯންގެ ބާރު ކުރިއަށް އޮތް 10 އަހަރަށްވެސް ހުސްނުވެ ހުންނާނެ. ލިބޭ ކޮންމެ ގެއްލުމަކަށް، އޭގެ އެތައް ހާސް ގުނައެއް އަހަރެމެން އުފައްދާނަން،" އޭނާ ވިދާޅުވިއެވެ.
ޚާމަނާއީ ވިދާޅުވީ އިރާނުން ދެން މަޑުން ނޯންނާނެ ކަމަށެވެ. އަދި ތެލް އަވީވަށް ފުރިހަމަ ބާރާއެކު ހަމަލާދޭނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް ހަކަތަ އުފައްދާ މަރުކަޒެއް ސަލާމަތެއް ނުވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިރާނުން މިހާރުވެސް ވަނީ މުހިންމު އަމާޒުތަކަށް ފޮނުވާލުމަށް 10،000 އަށްވުރެ ގިނަ މިސައިލް ތައްޔާރުކޮށްފައެވެ.
މިއީ އެންމެ ފަހުގެ އިންޒާރުކަން ފާހަގަކުރައްވަމުން ޚާމަނާއީ ވިދާޅުވީ، ދެން އެއްވެސް މަޝްވަރާއެއް ނުވަތަ ހަނގުރާމަ ހުއްޓާލުމެއް ނޯންނާނެ ކަމަށެވެ.
"ދެން އޮތީ ނަސްރު ނުވަތަ ޝަހީދުވުން،" ޚާމަނާއީ ވިދާޅުވިއެވެ.
އަދި އެމެރިކާއިން ދެން އެނބުރި ކުރިމަތިލުމަކަށް އަތުވެއްޖެނަމަ، އިރާނުންވެސް އެނބުރި އަންނާނެ ކަމަށާއި ކާމިޔާބީ އޮތީ އެމީހުންނާއެކު ކަމަށް އޭނާ ވިދާޅުޖވި އެވެ.
Ads by MACL
