ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލް އަމާނާ އިން އުޟްޙިޔާ ކަތިލައިގެން ޢުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު!

އަލް އަމާނާ އިން އުޟްޙިޔާ ކަތިލައިގެން ޢުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު!

އަޟްޙާ ޢީދުގައި ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ އުޟްޙިޔާ ކަތިލުމުގެ އިންތިޒާމު ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް "އަލް އަމާނާ" އިން މިއަހަރުވެސް ހާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.

މިގޮތުން މިއަހަރު އަލް އަމާނާ މެދުވެރިކޮށް އުޟްޙިޔާ ކަތިލާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޢުމްރާ ދަތުރެއް ލިބިގެންދާނެއެވެ.

މިއަހަރުގެ އުޟްޙިޔާ ކަތިލުން އަލް އަމާނާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިސްރުގައެވެ. ކަތިލާ މަސް ބެހިގެންދާނީ، މިސްރުގައި ހިޖުރަކޮށްގެން ދިރިއުޅެމުންދާ ފަޤީރު އަދި ހާލުގައި ޖެހިފައިވާ ފަލަސްޠީން ޢާއިލާތަކަށް އިސްކަންދީގެންނެވެ. މިއީ މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ހޯދުމަށް ލިބޭ ވަރަށް ފަހި ފުރުސަތެކެވެ.

މިސްރުގައި އުޟްޙިޔާ ކަތިލުމުގެ އަގުތައް:


  • ބަކަރި (ފުރިހަމަ އުޟްޙިޔާއެއް): 1,499 ރުފިޔާ

  • ކަންބަޅި (ފުރިހަމަ އުޟްޙިޔާއެއް): 1,999 ރުފިޔާ

  • ގެރި (1 ޙިއްޞާ): 3,400 ރުފިޔާ

  • ޖަމަލު (1 ޙިއްޞާ): 3,400 ރުފިޔާ

  • ގެރި (ފުރިހަމަ): 23,500 ރުފިޔާ

  • ޖަމަލު (ފުރިހަމަ): 23,500 ރުފިޔާ


އުޟްޙިޔާ ކަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަލް އަމާނާގެ ވެބްސައިޓް amanah.loophub.dev މެދުވެރިކޮށް ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑަރު ކުރެއްވޭނެއެވެ. އޮންލައިންކޮށް އޯޑަރު ކުރުމުގެ އިތުރުން، ގުޅުއްވައިގެންނާއި ވައިބަރ މެދުވެރިކޮށް އޯޑަރު ކުރެއްވުމަށް 9847791 އަށް ގުޅުއްވާށެވެ.

ފައިސާ ދެއްކުމަށްފަހު އޯޑަރު ކަށަވަރުވުމާއެކު ކަތިލުމުގެ ކަންކަން ކުރިއަށްދާނެއެވެ. އަދި ކޮންމެ މަރުހަލާއެއްގެ އަޕްޑޭޓްތައް ކަސްޓަމަރަށް އެސްއެމްއެސް (SMS) މެދުވެރިކޮށް ގަވާއިދުން ލިބެމުންދާނެއެވެ.