ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންނެވުމަށް ވީއައިއޭގައި --- ފޮޓޯ: މަޖިލިސް އިދާރާ
މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންނެވުމަށް ވީއައިއޭގައި --- ފޮޓޯ: މަޖިލިސް އިދާރާ

އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުރުކީވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ބާއްވާ މި މުހިންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައި، މަޖިލީހުގެ ރައީސްގެ އަރިހުގައި އިތުރު 7 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި ހިމެނެނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 6 މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ މެންބަރެކެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ މެންބަރުންނަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އެވެ.

މި ބޭފުޅުންގެ އިތުރުން ދެން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރު މައުރޫފް ޛާކިރެވެ.