އިރާނުގެ ޔުރޭނިއަމް މުއްސަނދިކުރުން 5 އަހަރަށް ހުއްޓާލަން ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން އިންކާރުކޮށްފި
އިރާނުން ޔުރޭނިއަމް މުއްސަނދިކުރުން ފަސް އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ހުށަހެޅި ހުށަހެޅުމެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބަލައިނުގަނެ، އެ ހުށަހެޅުން ބާތިލުކޮށްފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުގެ އިސް ދެ އޮފިޝަލަކާއި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ މިކަން ވަނީ ކަށަވަރުވެފައެވެ. އިރާނުން މިފަދަ ހުށަހެޅުމެއް ހުށަހެޅީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ މަގުސަދުގައެވެ.
ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މި ހުށަހެޅުމަށް އިންކާރުކޮށް ބުނެފައިވަނީ، އިރާނުން ޔުރޭނިއަމް މުއްސަނދިކުރުން މަދުވެގެން 20 އަހަރު ދުވަހުގެ މުއްދަތަށް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެމެރިކާއިން ބާރުއަޅަމުންދަނީ މިހާރަށްވުރެ ދިގު މުއްދަތަކަށް އަދި ވަރުގަދަ ޝަރުތުތަކަކާއެކު އެއްބަސްވުމަކަށް އައުމަށެވެ.
Ads by BMLމި މައްސަލައަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، އެމެރިކާގެ މި ނިންމުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އިރާނުގެ ނިއުކްލިއާ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
Ads by MACL
