ނަތަންޔާހޫއަށް ސްޕެއިންގެ ރައްދު: ނަސްލު ނައްތާލަން މަސައްކަތް ކުރާ މުޖުރިމަކަށް އެއްވެސް އެހީތެރިކަމެއް ނުދޭނަން
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނަށް ތާއީދު ހޯދުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިލާތުގެ ގައުމުތަކަށް ގޮވާލިގޮވާލުމަށް ސްޕެއިނުން ވަރުގަދަ ރައްދެއް ދީފިއެވެ.
ނަތަންޔާހޫ ދާދިފަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ވިލާތުގެ ގައުމުތަކުގެ އަހުލާގީ މިންގަނޑުތައް ދަށަށް ގޮސް، އެ ގައުމުތަކުގެ އަމިއްލަވަންތަކަން ގެއްލެމުންދާ ކަމަށެވެ. އަދި މި ހަނގުރާމައިގައި ވިލާތުގެ ގައުމުތަކުން އިޒްރޭލަށް ފުރިހަމައަށް ތާއީދުކުރަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ނަތަންޔާހޫގެ މި ވާހަކަތަކަށް ރައްދުދެމުން ސްޕެއިންގެ ފަރާތުން ބުނެފައިވަނީ، ވިލާތުގެ ގައުމުތަކުގެ އަމިއްލަވަންތަކަމާ މެދު ނަތަންޔާހޫ ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
Ads by BMLއޭގެ ބަދަލުގައި، އަމިއްލަ އައިޑެންޓިޓީއަކީ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާ މުޖުރިމު ނިޒާމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ނަތަންޔާހޫ ކަންބޮޑުވުން މާ ރަނގަޅުވާނެ ކަމަށް ސްޕެއިންއިން ބުނެފައިވެއެވެ.
ސްޕެއިންގެ ބަހުގެ ހަމަލާތައް ވަރުގަދަ ކުރަމުން އިތުރަށް ބުނެފައިވަނީ، ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާ ބަޔަކާއެކު އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނޭ ކަމަށެވެ.
Ads by MACL
