ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަމަނާއި، އީރާނާއި ހިޒްބުاللهގެ އިންޒާރެއް އިޒްރޭލަށް: މި ތައްޔާރުވަނީ ކަލޭމެނަށް "ނަރަކަ" ދައްކާލަން

ޔަމަނާއި، އީރާނާއި ހިޒްބުاللهގެ އިންޒާރެއް އިޒްރޭލަށް: މި ތައްޔާރުވަނީ ކަލޭމެނަށް "ނަރަކަ" ދައްކާލަން

ޔަމަނާއި، އީރާނާއި އަދި ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ގުޅިގެން އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިރޭ ދޭން ރާވާފައިވާ މި ހަމަލާއަކީ މި ހަނގުރާމައިގެ ތާރީޚުގައިވެސް ދެވޭ އެންމެ ބޮޑު މިސައިލް ހަމަލާއަށް ވެގެންދާނެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ އިސްރާއީލަށް "ނަރަކަ" ދައްކާލާނެ ކަމަށާއި، މުޅި ދުނިޔެއިން މި މަންޒަރު ބެލުމަށް ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުން މި ހަގީގަތްތައް ދުނިޔެއަށް ހާމަކޮށްދިނުމަށްވެސް އެ ފަރާތްތަކުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އިސްރާއީލަށް ކުރިމަތިވާން އޮތް ދުވަސްތަކަކީ ވަރަށް އަނދިރި ދުވަސްތަކެއް ކަމަށް ސިފަކުރަމުން، މި އޮޕަރޭޝަނަށް ކާމިޔާބީއަށް އެދި ދުއާކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ، ނަސްރު ދެއްވާނދޭ" މިފަދައިން ބުނެ ދުއާ ކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މި ހަމަލާތަކާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.