ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެމްބަރު ޝަމްހީދު މާބޮޑަށް އަޑުގަދަކުރީ، ތަޅުމުން ބޭރުކޮށްފި

މެމްބަރު ޝަމްހީދު މާބޮޑަށް އަޑުގަދަކުރީ، ތަޅުމުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. މުހައްމަދު ޝަމްހީދުގެ ނަން އިއްވައި މަޖިލިހުން މިއަދު ބޭރުކޮށްފިއެވެ.

ޝަމްހީދުގެ ނަން އިއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދަނިކޮށެވެ. ޝަމްހީދު ހިތްހަމަޖެހިވަޑައިނުގަތީ ނިޒާމީ މައްސަލައެއް ނެންގެވުމުގެ ފުރުސަތު ރިޔާސަތުން ނުދިނުމުންނެވެ.

ރިޔާސަތުގައި އިންނެވީ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އެހެންވެ، ޝަމްހީދު ވަނީ ކޮޅަށް ހުންނަވައި ވަރަށް ބޮޑަށް ރިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އަދި އިދާރީ މޭޒު ކައިރިއަށް ވަޑައިގެން އަޑު ގަދަ ކުރެއްވިއެވެ. ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް ވަނީ ޝަމްހީދު ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޝަމްހީދުގެ ނަން އިއްވީ ނައިބު ރައީސްގެ އެދިވަޑައިގަތުމަށް އަމަލު ނުކުރެއްވުމުންނެވެ.