ފޮރިން މިނިސްޓަރ ޚަލީލް މަގާމުން ވަކިކޮށްފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ. މިއީ މި ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރެވެ.
ޚަލީލް ވަކިކުރިއިރު، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ބަދަލު ގެންނަން ފަށާފައިވަނިކޮށެވެ.
މިހާތަނަށް ކެބިނެޓު ވަޒީރުންގެ ތެރެއިން ޖެންޑާ މިނިސްޓަރ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޑިފެންސް މިނިސްޓަރ ޣައްސާން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ކަށަވަރެއް ނޫނެެވެ.
Ads by MACL
