ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖެންޑާ މިނިސްޓަރ އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފި

ޖެންޑާ މިނިސްޓަރ އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފި

ޖެންޑާ މިނިސްޓަރުގެ މަގާމުން ޑރ. އާއިޝަތު ޝިހާމް މިއަދު ވަކިކޮށްފި އެވެ.


އައިޝަތު ޝިހާމް ވަކިކުރިއިރު، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ބަދަލު ގެންނަން ފަށާފައިވަނިކޮށެވެ.



މިހާތަނަށް ކެބިނެޓު ވަޒީރުންގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޑިފެންސް މިނިސްޓަރ ޣައްސާން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.


އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ކަށަވަރެއް ނޫނެެވެ.