ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި

ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ގައްސާން އިސްތިއުފާ ދެއްވާފައި މި ވަނީ، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ބަދަލު ގެންނަން ފަށާފައިވަނިކޮށެވެ.



މިހާތަނަށް ކެބިނެޓު ވަޒީރުންގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ކަށަވަރެއް ނޫނެެވެ.