ވަޒީރު ތޯރިގް އިސްތިއުފާ ދެއްވައިފި
ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
ކުއްލި ނިންމެވުމާއެކު، އޭނާ ވެގެންގޮސްފައިވަނީ މިހާތަނަށް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަކިވެވަޑައިގަތް އަށްވަނަ ބޭފުޅާއަށެވެ. މީގެ ކުރިންވެސް ބައެއް އެހެން ވަޒީރުން ވަނީ ތަފާތު އެކި ސަބަބުތަކާ ގުޅިގެން މަޤާމު ދޫކުރައްވާފައެވެ.
ތާރިޤް މަޤާމުން ދުރަށްޖެހިވަޑައިގަތް ވަކި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
Ads by BML
Ads by MACL
