އަހުމަދު ޝިޔާމް: މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް ފިޝަރީޒް!
މިނިސްޓްރީ އޮފް އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް އަހްމަދު ޝިޔާމް އައްޔަނުކޮށްފި އެވެ.
މި ބަދަލު ގެނެސްދިނީ މިއަދު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިހާރު ރައީސް އޮފީހުގައި ވަނީ ފަށައިފަ އެވެ. ކެބިނެޓް އަލުން އެކުލަވާލީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމަށް ފަހު އެވެ.މި ރަސްމިއްޔާތުގައި ވަޒީރުންނަށް އައްޔަން ކުރެއްވި ބޭފުޅުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަބްދުﷲ ޝަރީފް
- އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. އަބްދުﷲ ޝަފ
- ޔޫތު އެންޑް އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
Ads by MACL
