ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ އަދަދު 15 އަށް ތިރިކޮށްފި

އާ ކެބިނެޓް: ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އާ ކެބިނެޓް: ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ކެބިނެޓަށް ކުއްލި ބޮޑު ބަދަލުތަކެއް ގެންނަވައި، ބައެއް ވުޒާރާތައް އެއްކޮށްލެއްވުމަށްފަހު، ކެބިނެޓުގައި ހިމެނޭ މިނިސްޓްރީތަކުގެ އަދަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު 20 އިން 15 އަށް މަދުކުރައްވައިފިއެވެ.

ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ތާރީޚުގައިވެސް އެކުލަވާލި އެންމެ ބޮޑު ކެބިނެޓާއެކުގައެވެ. އޭރު 22 ވަޒީރުން ކެބިނެޓުގައި ތިއްބެވި ނަމަވެސް، ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މިއަދު ވަނީ ކުއްލި ގޮތަކަށް 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވި ވަޒީރުންނަކީ:

  • ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން

  • ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް

  • ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް

  • ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް

  • ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް

  • ސަގާފަތާއި ބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް

  • ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަރްޔަމް މާރިޔާ

  • ޒުވާނުންގެ މިނިސްޓަރު އިބްރާހީމް ވަޙީދު

  • ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު

  • ހަޔާ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

މި ބޮޑު ބަދަލާއެކު، މިއަދު އިރުއޮއްސުނު ފަހުން ރައީސް ވަނީ އައު މިނިސްޓްރީތަކަށް ވަޒީރުން އައްޔަންކުރައްވައިފައެވެ. މީގެ ތެރޭގައި އަލަށް އައްޔަންކުރެއްވި ބޭފުޅުންނާއި، ކުރިން ކެބިނެޓުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް އެހެން ވުޒާރާތަކާ ހަވާލުކުރެއްވުން ހިމެނެއެވެ.

މިއަދު ހުވާކުރެއްވި ވަޒީރުންނާއި އެބޭފުޅުންގެ ވުޒާރާތަކަކީ:

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު: މޫސާ ޒަމީރު

  • ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު: އަލީ އިހުސާން

  • ފޮރިން މިނިސްޓަރު: ޑރ. އިރުތިޝާމް އާދަމް

  • ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު: ޑރ. އިސްމާއީލް ޝަފީއު

  • ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު: ގީލާ އަލީ

  • އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު: މުހައްމަދު ސައީދު

  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: މުހައްމަދު އަމީން

  • ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު: އަބްދުﷲ ރާފިއު

  • އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު: ހީނާ ވަލީދު

  • އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބު

  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު: އަލީ ޝަރީފް

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު އައްޔަންކުރެއްވި ވަޒީރުންގެ އިތުރުން ދެން ކެބިނެޓުގައި ތިއްބަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ މިނިސްޓަރުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ބަދަލުތަކާއެކު ހުސްވެފައިވާ ވުޒާރާތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީއާއި ލޯކަލް ގަވަނަންސް މިނިސްޓްރީއަށް އަދި މިހާތަނަށް އެއްވެސް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ.