ޓްރަމްޕާއި ނަތަންޔާހޫއާ ދެކޮޅަށް ގިނަ ގައުމުތަކަކުން ތެދުވެ، ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ގުޅިގެން ތެދުވެ ލުބުނާނަށް ދޭ ހަމަލަތައް ވަގުތުން ހުއްޓާލަން ގޮވާލައިފިއެވެ.
މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލުބުނާނު ބައިވެރިކުރުމަށް ޓްރަމްޕާއި ނަތަންޔާހޫ ދެކޮޅު ހައްދަވަމުންދާތީއެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މި ހަރަކާތުގައި އިސްކޮށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް ކިންގްޑަމް، ސުވިޒަލޭންޑް، އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، ބްރެޒިލް، އިންޑޮނޭޝިއާ، ކޮލަމްބިއާ، ޖޯޑަން އަދި ސިއެރާ ލިއޯން ހިމެނެއެވެ. މި ގައުމުތަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެ، މިހާރު ހިނގަމުންދާ އިންސާނީ ކާރިސާއާ މެދު އޮތް ކަންބޮޑުވުން ފާޅުކޮށްފައެވެ.
Ads by BMLމި ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިތުރު ފުރާނަތައް ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މަޝްވަރާގެ މޭޒަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގެނައުމަކީ މަސްލަހަތު ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އެ ގައުމުތަކުން ފާހަގަކޮށްފައިވެއެވެ.
މި ބަޔާނަކީ ޓްރަމްޕާއި ނަތަންޔާހޫގެ ސިޔާސީ ނުފޫޒާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އުފެދުނު ވަރުގަދަ ރާޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސަރަހައްދީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް އާ ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
