ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރަކަށް ޝިޔާމް އައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނޭ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް، އަޙްމަދު ޝިޔާމް މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
ޝިޔާމަށް ވަޒީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝިޔާމް ވަނީ ވަޒީރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
އަޙްމަދު ޝިޔާމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވެވި ރަސްމިއްޔާތެއްގައި، ވަޒީރުންގެ މަޖިލީހުގެ އެހެން 12 މެންބަރަކަށް ވަނީ މަޤާމުގެ ފަތްކޮޅު އަރުވައި، މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައެވެ. މިއަދު ޝިޔާމް އައްޔަންކުރެއްވުމާއެކު، ސަރުކާރުގެ ކެބިނެޓް އެކުލަވައިލުމުގެ މަސައްކަތް ވަނީ އިތުރަށް ފުރިހަމަވެގެން ގޮސްފައެވެ.
Ads by MACL
