ސިޓީތަކާ އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާ އުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ކެބިނެޓަށް އިއްޔެ ގެންނެވި ބޮޑު ބަދަލާއެކު، ކުރިން އުފައްދަވާފައި އޮތް 'މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް' ރަސްމީކޮށް އުވާލައްވައިފިއެވެ.
ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ބައެއް ވުޒާރާތަކުގެ މަސައްކަތްތައް އެއްކޮށްލުމަށް ރައީސް ނިންމެވި ނިންމެވުމާއެކު، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު އިއްޔެ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ސިޓީތަކާ ބެހޭ ވުޒާރާގެ ވަޒީރުކަމުގައި ހުންނެވި އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ. މި ބަދަލުތަކާއެކު، ކުރިން ސަރުކާރުގައި ހިންގަމުން އައި 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް މަދުކުރެވިފައެވެ.
ސިޓީތަކާ ބެހޭ ވުޒާރާ އުވާލުމާ ގުޅިގެން، އެ ތަނުން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ އެހެން އިދާރާތަކަށް ބަހާލާފައެވެ. އެގޮތުން، ޕަބްލިކް ވޯކްސްއާ ގުޅޭ އެންމެހާ ކަންކަން ދެން ބަލަހައްޓާނީ އަލަށް އެކުލަވާލި 'މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް' ގެ ދަށުންނެވެ.
Ads by BMLއަދި މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސިޓީތަކާއި ކައުންސިލްތަކާ ގުޅޭ ކަންކަން ވިލަރެސްކުރުން، ކުރިއެކޭވެސް އެއްފަދައިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މެންޑޭޓުގެ ތެރެއަށް ބަދަލުކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
Ads by MACL
