ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ މީހަކު މޫދު އަޑިން ފެނިއްޖެ
ކުޅުދުއްފުށި ސިޓީން މިއަދު މެންދުރުފަހު ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު، އެރަށުގެ ބޮޑަވަކިވާ ބީޗް ސަރަހައްދު މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 13:48 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައި، އެރަށުގެ އެކި ސަރަހައްދުތައް ބަލަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު ހަވީރު 15:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މޫދު އަޑިން ނެގުމަށްފަހު އެ މީހާ މިހާރު ވަނީ ފަރުވާދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ސިއްހީ ހާލަތު ހުރިގޮތުގެ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
