ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަހޫދީ އިސްރާއިލް އަނދަނީ، އާދޭސް ކުރަނީ ގައުމުތަކުގެ އެހީއަށް!

އިސްރާއިލް އަނދަމުންދާ ސަރަހައްދު
އިސްރާއިލް އަނދަމުންދާ ސަރަހައްދު

ބުދަ ދުވަހު އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގައި ކޮންޓްރޯލްނުވެ ގައުމުތަކުގެ އެހީއަށް އެދެން ފަށައިފިއެވެ.

މިކަން ހިނގީ ވައި ގަދަވެ، ހޫނުގަދަ ދުވަސްވަރެއްގައެވެ. މިކަމުގެ ސަބަބުން މީހުން ސަލާމަތްކުރުމާއި، މަގުތައް ބަންދުކުރުމާއި، މިނިވަން ދުވަހުގެ ދިއްލުމުގެ ރަސްމިއްޔާތު ކެންސަލްކުރަން ޖެހުނުކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގީ މެސިލަތް ޒިއޯނާއި ނެވޭ ޝަލޯމް ކައިރީގައިވާ އެޝްތާއޯލް ފޮރެސްޓްގައެވެ. މިކަމުގެ ސަބަބުން ވަގުތުން މީހުން އެތަނުން ނެރެން ޖެހުނެވެ. ހޫނު މޫސުމާއި ގަދަ ވައިގެ ސަބަބުން ހިކިފައިވާ ސަރަޙައްދުތަކުގައި އަލިފާން އަވަހަށް ފެތުރެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުން ދަނީ މައިގަނޑު 5 ސަރަހައްދަކުން އަލިފާން ނިއްވުމަށެވެ. އެއީ ނެވޭ ޝަލޯމް، ލަޓްރޫން އިންޓަރޗޭންޖް، ލަޓްރޫން ހިލްޓޮޕް، ބެއިތް ޝެމެޝް ކައިރީގައިވާ މޯޝަވް މެސިލަތް ޒިއޯން އަދި ކެނެޑާ ޕާކްގައި ހިނގި ހާދިސާތަކެވެ.

ނޫސްތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން، މި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންނަކީ ކޮން ބައެއްކަން ނުވަތަ އެމީހުންގެ ސިފަތައް ފުރަތަމަ ނޫސްތަކުގެ ރިޕޯޓުތަކުގައި ހާމަކޮށްފައެއް ނުވެއެވެ. މި މީހުން ހައްޔަރުކުރެވުނީ އަލިފާނުގެ ހާދިސާތައް ހިނގިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ހީބްރޫ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލްގެ ސެކިއުރިޓީ އޭޖެންސީ (ޝިން ބެޓް) ވަނީ މި އަލިފާނުގެ ހާދިސާތަކުގެ ތަޙުޤީޤުގައި ބައިވެރިވެފައެވެ. މިކަމުން ދޭހަވަނީ އޮތޯރިޓީތަކުން ޤަބޫލުކުރާ ގޮތުގައި މި އަލިފާނުގެ ހާދިސާތަކަކީ ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައި ރޭވިގެން ހިންގާފައިވާ ކަމެއްކަމަށެވެ.