ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލާއެކު އޮތް ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލަން އީޔޫގެ 26 ގައުމަކުން ތާއީދުކޮށްފި

އިޒްރޭލާއެކު އޮތް ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލަން އީޔޫގެ 26 ގައުމަކުން ތާއީދުކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ގާއިމުކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލުމަށް، އެ އިއްތިހާދުގެ 27 ގައުމުގެ ތެރެއިން 26 ގައުމަކުން ތާއީދުކޮށްފިއެވެ. މިއީ އިޒްރޭލުގެ އިގްތިސާދަށް އަމާޒުކޮށް އީޔޫއިން އަޅަން ނިންމި ވަރުގަދަ ފިޔަވަޅެކެވެ.

މި ނިންމުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އީޔޫގެ މެންބަރު ގައުމުތަކުގެ ތެރެއިން ހަމައެކަނި ހަންގޭރީންނެވެ. އެހެން ހުރިހާ ގައުމުތަކަކުން ވަނީ އިސްރާއީލަށް ދެމުންދާ ވިޔަފާރީގެ ހާއްސަ އިނާޔަތްތައް ކުޑަކުރުމަށް ނުވަތަ މެދުކަނޑާލުމަށް އެއްބަސްވެފައެވެ.

އީޔޫއަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އިސްރާއީލުން ބޭރުކުރާ މުދަލުގެ 32 އިންސައްތަ ހިއްސާކުރަނީ ޔޫރަޕުގެ ބާޒާރުތަކުންނެވެ. އެހެންކަމުން، މި އެއްބަސްވުން މެދުކަނޑާލުމަކީ އިސްރާއީލުގެ އެކްސްޕޯޓް ސިނާއަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

މި ފިޔަވަޅުގެ ސަބަބުން އިސްރާއީލަށް ޔޫރަޕުގެ ބާޒާރުތަކަށް މުދާ އެތެރެކުރުމުގައި ލިބެމުންދިޔަ ލުއިފަސޭހަތަކާއި ހާއްސަ އިނާޔަތްތައް ގެއްލިގެންދާނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އީޔޫއިން އިސްރާއީލާ މެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނިންމި ފުރަތަމަ ފަހަރެވެ.