ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރަކަށް ޙަސަން ރަޝީދު ޢައްޔަންކުރައްވައިފި

ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރަކަށް ޙަސަން ރަޝީދު ޢައްޔަންކުރައްވައިފި

ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރުގެ މަޤާމަށް އަލްފާޟިލް ޙަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އައު ވަޒީރަށް މަޤާމުގެ ފަތްކޮޅު އެރުވުމާއި ހުވައިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޙަސަން ރަޝީދަށް ވަޒީރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ކުރިފުޅުމަތީގައި މަޤާމުގެ ހުވައި ކުރެއްވުމަށްފަހު، ޙަސަން ރަޝީދު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ރަސްމީކޮށް ސޮއިކުރައްވާފައެވެ.