ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫދަށް އެރިއުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީފި، ލިބުނު އަނިޔާއަށް އެއް ފައި، ވަނީ ބުރިކޮށްލާފައި

މޫދަށް އެރިއުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީފި، ލިބުނު އަނިޔާއަށް އެއް ފައި، ވަނީ ބުރިކޮށްލާފައި

މޫދަށް އެރިއުޅުނު ފަތުރުވެރިޔަކަށް ހަމަލާ ދިނުނުގެ ސަބަބުން އެއް ފައި ބުރިކޮށްލައިފިއެވެ.

ފުލުހުން ބުނީ ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށް ކަމަށެވެ.

އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައި ކަމަށާއި އެ ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލައިފައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.