އަތޮޅު ކައުންސިލް އުވާލުމަކުން ގާނޫނީ ހުރަހެއްނެތް، ކޮންމެ ދާއިރާއެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކުރުމަށް ގާނޫނު ހުއްދަކުރޭ: އެލްޖީއޭ
އަތޮޅު ކައުންސިލާއި ސިޓީސް މިނިސްޓްރީ އުވާލުމަކުން އެއްވެސް ގާނޫނީ ހުރަހެއް ދިމާނުވާނެ ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެލްޖީއޭއިން މިިހެން ބުނީ އަތޮޅު ކައުންސިލާއި ސިޓީސް މިނިސްޓްރީ އުވާލުމަށް ނިންމުމާއި ގުޅިގެން އިދާރާި ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެކަމަށް މީސް މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާތީއެކަން ސާފުކޮށްދިނުމުގެ ގޮތުން ނެރުއްވި ނޫސް ބަޔާނެއްގައެވެ.
އެލްޖީއޭއިން ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގެ 230 ވަނަ މާއްދާގައި ދިވެހިރާއްޖެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބުނެފައިވާކަމަށެޗެ. އަދި ރަށު ކައުންސިލް ތަކާއި ސިޓީކައުންސިލާއި އަތޮޅު ކައުންސިލްގެ ބެލެނެވެރި ފަރާތަކީ އެލްޖީއޭކަމުން ގާނޫނު ނަންބަރު7/2010 އަށް ގެނެވުނު އިސްލާހާއި ގުޅިގެން އެތަންތަނުން ދެމުން އައި އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކަމަށެވެ.
Ads by BMLއަދި އަތޮޅު ކައުންސިލް އުވާލުމަކުން އަދި އެތަނުގައިވާ އެންމެހާ މުދަލާއި ވަސީލަތްތައް ބަދަލުވެގެން ދާނީ ގާނޫނުގައި ބުނާ ގޮތުން ލޯކަލް ގަވަރމަންޓް އޮތީރިޓީއާއިއެވެ.
މިއާއިއެކު ގާނޫނަށް ގެނެވުނު އިސްލާހުގައި އުވާލާ އިދާރީ ދާއިރާ ތަކުގައި އެލްޖީއޭގެ އޮފީހެއް ގާއިމް ކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ސާފުކޮށްބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސިޓީސް މިނިސްޓްރީއާއި އަތޮޅު ކައުންސިލު އުވާލުމަކުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ އެއްވެސް ހުރަހެއް ނުވަތަ ހުސްކަމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.
Ads by MACL
