އިޒްރޭލާއި ލުބުނާނުގެ ސުލްހައިގެ މަޝްވަރާތަކެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރަމަޕް ވިދާޅުވެއްޖެ
އިޒްރޭލާއި ލުބުނާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އުއްމީދު ބޮޑުވެފައިވަނިކޮށް، ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ހާއްސަ މަޝްވަރާތަކެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ބުދަ ދުވަހު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ވޮޝިންޓަންގައި ބޭއްވުނު ބައްދަލުވުމަކީ 1993 ވަނަ އަހަރަށްފަހު ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ބޭއްވުނު ފުރަތަމަ ސީދާ މަޝްވަރާތައް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ދެ ގައުމުގެ ލީޑަރުން ވާހަކަދައްކަވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން ލުބުނާނުގެ ރަސްމީ މަސްދަރުތަކުން ބުނެފައިވަނީ އިސްރާއީލުން އިއުލާން ކުރި ފަދަ އެއްވެސް މުއާމަލާތެއްގެ މައުލޫމާތު ލުބުނާނުގެ ރިޔާސީ ގަނޑުވަރަށް ލިބިފައިނުވާ ކަމަށެވެ. އަދި ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލުގެ ލީޑަޝިޕާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގެ މައުލޫމާތު އެނގިފައިނުވާ ކަމަށެވެ.
Ads by BMLމި މަޝްވަރާތަކާ ދިމާކޮށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އަައުންއަށް ފޯނުން ގުޅުއްވައި، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ރައީސް އަައުން ވަނީ އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ހިޒްބުالله ނައްތާލުމާއި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުން ކަމަށެވެ. ނަމަވެސް ލުބުނާނުގެ ރައީސް އަައުން ބާރުއަޅުއްވަނީ އެއްވެސް ސީދާ މަޝްވަރާއެއް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މި މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރުވެސް، ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ މުހިންމު ފާލަމަކަށް ހަމަލާދީ އެ ފާލަން މުޅިން ހަލާކުކޮށްލާފައެވެ. މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2,100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
Ads by MACL
