ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ސޯލިހުއެވެ. ޑރ އިޔާޒް ވަޒީފާއިން ވަކި ކުރުން ހަނދާން ނެތުނީތޯއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ވަޒީފާ އަދާކުރަމުންދާ މީހަކު ވަކި ކުރުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަން ފާއިތުވެދިޔަ ދުވަސްތަކުން އެނގިގެން ހިނގައްޖެއެވެ.

ސަރުކާރަށް 2 އަހަރުވާން ކައިރިވަމުންދާއިރު ސިޔާސީ ސަބަބުތަކައްޓައި މީހަކު އެހުރި ވަޒީފާއިން ވަކި ކުރުމަކީ މިއަދާއި ހަމައަށް މި ސަރުކާރުން ކޮށްފައިވާ ކަމެއް ނޫންކަން ޕީއެންސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާއިރު، ސ. ހިތަދޫ، ބޮޑުގަލުގޭ، މޫސާ މުހައްމަދު އަދި ވީނަސްވިލާ، މުހައްމަދު އަފްޒަލް، އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކުރުން ކުށްވެރިކުރަން،- ރައީސް ސޯލިހު

އެހެންނަމަވެސް މާޒީގައި ކަންކަން ވެގެންދިޔައީ އެހެނެއް ނޫންކަމަށާއި، އެއްވެސް ހައްގަކާއި ނުލައި ނިމިދިޔަ ސަރުކާރުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިސަރުކާރުން މިހާރުވެސް އެތައް ވަޒީފާއެއް އުފައްދައިފިއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވެފައިވާ ވައުދަކީ ސިޔާސީ ކަމެއް ހާސިލް ކުރުމަށް އެއްވެސް މީހެއް ވަޒީފާއިން ވަކި ނުކުރާނެކަމަށެވެ.

މިދިޔަ ސަރުކާރުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ ޑރ އިޔާޒު ވަޒީފާއިން ވަކިކުރެއްވި ވާހަކައެވެ.
ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން 2021 މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.