ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗައިނާގެ ރައްދު ޓްރަމްޕަށް: އީރާނަށް ހަތިޔާރު ފޯރުނުކޮށްދޭން ނުބުނަން؛ ދޮގު ނުހަދާ!

ޗައިނާގެ ރައްދު ޓްރަމްޕަށް: އީރާނަށް ހަތިޔާރު ފޯރުނުކޮށްދޭން ނުބުނަން؛ ދޮގު ނުހަދާ!

އީރާނަށް ހަތިޔާރު ސަޕްލައި ނުކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަތަކަށް ޗައިނާގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނަށް ހަތިޔާރު ފޯރުކޮށްނުދިނުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށާއި، އެ ގައުމާއެކު އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ހާމަކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއާއެކު އެފަދަ އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާނެ ކަމަށާއި، މިފަދަ ދޮގު އަޑުތައް ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭގޮތުން ޗައިނާއިން ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

ޗައިނާ އަކީ ޒަމާނުއްސުރެ އީރާނާއި އެކު ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.