ތަކަންދޫގައި 250 ކިލޯވޮޓުގެ އައު ޖެންސެޓުން ޚިދުމަތް ދޭން ފަށައިފި
ހއ. ތަކަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އެރަށަށް ގެންދިޔަ 250 ކިލޯވޮޓުގެ އައު ޖެންސެޓު އިންސްޓޯލްކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަނަށް ގެނައި މި އައު މެޝިނާއެކު ރަށުގެ ކަރަންޓު ކެޕޭސިޓީ ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ. މިއީ އެ ރަށުގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، ކުރިން ދިމާވަމުން އައި ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ނިމުމެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ތަކަންދޫ ބްރާންޗުގެ މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވީ، ރަށުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު ކަރަންޓަށް އޮންނަ ޑިމާންޑުވެސް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، މި އައު ޖެންސެޓާއެކު ކަރަންޓުގެ މައްސަލައަށް ވަރަށް ބޮޑު އަދި އެދެވޭ ޙައްލެއް ލިބިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުމަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމެކެވެ. އެގޮތުން، އާބާދީ ކުޑަ ރަށްރަށާއި ބޮޑެތި ސިޓީތަކުގައިވެސް ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.
Ads by MACL
