ޑްރަގާއި ޖުވާގެ މައްސަލައެއްގައި 38 ބިދޭސީއަކު ޑީޕޯޓްކުރަނީ
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅުމުގެ އިތުރުން ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު ކުށްތަކެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަނެފައިވަނީ ބިދޭސީންތަކެއް ގުޅިގެން މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. އެގޮތުން، އިއްޔެ (16 އޭޕްރީލް 2026) ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ވަނީ މާލޭގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންނާމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެމީހުން ޑީޕޯޓްކުރުމަށްޓަކައި، މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
Ads by MACL
