ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޭ ޑޭގައި ހުސްކަރުދާސް ދެއްކި އިމްރާންގެ އިންޒާރެއް، ތަކުރާރު ވެދާނެ!

މޭޑޭގައި އިމްރާމް
މޭޑޭގައި އިމްރާމް

ދިވެހި ގައުމުގެ ހައްގުގައި އަނެއްކާވެސް 2015 މޭޑޭގައި ކުރި އެފަދަ އިހުތިޖާޖުތަކެއް ފެންނަން ޖެހޭ ހިސާބަށް ކަންކަން ދާކަމުގެ އިހުސާސް ކުރެވޭ ކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށްއައި ފަހުން އިމްރާންގެ އެއްވެސް ހިލަމެއް ނުވެއެވެ.

އެހެންނަމަވެސް އަދާލަތު ޕާޓީއާއި ގުޅި އެޕާޓީގެ ރައީސް ކަމަށް ޑރ ޝަހީމް ވާދަކުރައްވާކަން އިއުލާން ކުރި ހިސާބުން އިމްރާންގެ ވާހަކަތައް ގިނަވާން ފަށައިފިއެވެ.

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން އުޅޭކަން އިއުލާން ކުރި ހިސާބުން އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންވަނީ ޝަހީމަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.

އަދި އަދާލަތު ޕާޓީއަށް އަންނަންވާނީ ކެބިނެޓުން ވަކިވެގެން ކަމަށް އިމްރާން ވިދާޅުވުކުން ގިނަބައެއްގެ ހިތްހަމަނުޖެހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.