ޑޮކްޓަރުންގެ ދުވަހުގެ ޚާއްސަ މެސެޖް: "ބަލިމީހުންގެ ޚިދުމަތުގައި ދެމިތިބޭ ތިބުން ޤައުމީ ފެންވަރުގައި ބަލައިގަންނަން"
ދިވެހިރާއްޖޭގެ ޤައުމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ބަލިމީހުންނަށް ފަރުވާދިނުމުގައި ޑޮކްޓަރުން ކުރައްވަމުންދާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތުގެ އަގުވަޒަންކުރައްވައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ޚާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖުގައި ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި ހުއްޓުމެއްނެތި ރެޔާއި ދުވާލު ބަލިމީހުންގެ ޚިދުމަތުގައި ޑޮކްޓަރުން ދެމިތިބޭ ތިބުމަކީ ޤައުމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރަން. އަދި ހުއްޓުމެއްނެތި ރެޔާއި ދުވާލު ބަލިމީހުންގެ ޚިދުމަތުގައި ޑޮކްޓަރުން ދެމިތިބޭ ތިބުމަކީ ޤައުމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަމެއް." ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމްގެ މެސެޖުގައި ވިދާޅުވިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ ހުރިހާ ޑޮކްޓަރުންނަށާއި، މުޅި ރާއްޖޭގައި ޚިދުމަތް ކުރައްވާ ޑޮކްޓަރުންނަށް ދުވަހުގެ ތަހުނިޔާ ރައްދުކުރައްވަމުން، ސީއީއޯ ވަނީ ޑޮކްޓަރުންގެ މަސައްކަތަށް ހިތްވަރު ދެއްވާ ވާހަކަދައްކަވާފަ އެވެ.
ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.
Ads by MACL
