ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މައިމަގުމަތީގޭ ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ ސިފައިން ހަރަކާތްތެރިވަނީ

މައިމަގުމަތީގޭ ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ ސިފައިން ހަރަކާތްތެރިވަނީ

މާލޭގެ މ. މައިމަގުމަތީގޭ ސަރަޙައްދުގައި އޮންނަ ހުސްބިމެއްގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި މިއަދު އަލިފާން ރޯވެ، އެ ސަރަޙައްދުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ދަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް، ސަރަޙައްދު ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، އަލިފާން ރޯވެފައިވަނީ އެ ގޭގެ ގޯތިތެރޭގައި ހުރި ހުސްބިމެއްގައި ގިނަވެފައި ހުރި ކުނިތަކެއްގައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް އާންމުން ބުނި ގޮތުގައި، އަލިފާން ރޯވި ހުސްބިމަކީ ބައެއް ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކުރުމަށް ވަދެއުޅޭ ތަނެކެވެ. ސިފައިންނާއި ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.