ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްއޭކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ނިއުރޭޑިއެންޓުން ހޯދައިފި

އަލީ ފާސިރު- ފޮޓޯ: ސިޑިބަރި
އަލީ ފާސިރު- ފޮޓޯ: ސިޑިބަރި

އެފްއޭކަޕްގެ ޗެމްޕިއަންކަން ނިއުރޭޑިއެންޓުން ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ޓީސީއާއި ވާދަކޮށް އެޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ.

އެފްއޭކަޕްގެ އެންމެ ކާމިޔާބު ކުލަބަކީ ނިއުރޭޑިއަންޓެވެ. މިރޭގެ މެޗާއިއެކު މިއީ އެޓީމް މި ތަށި ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ.

ނިއު އިން 2020 އާއި 2022 ވަނަ އަހަރު ސަސްޕެންޝަންގައި އޮތުމަށް ފަހު، އެނބުރި އައިސް ފުރަތަމަ ފަހަރަށް އަލުން އެފްއޭ ކަޕްގައި ކުޅުނު ފަހަރު ޗެމްޕިއަންކަން މި ހޯދީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ.


އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތާ އެކު، ދެ އަހަރަށް ފަހު ކުރިއަށްދިޔަ ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ސީޒަން ނިމުނީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެ ކާމިޔާބީ ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި، އެ އަށް ފަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ބަލިކޮށް ހޯދީ، އަލަށް ފުރަތަމަ ޑިިވިޝަނުގައި ކުޅުނު އޮޑި ސްޕޯޓްސް ކްލަބް އެވެ.