މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި
މާލޭގެ ކަރަންކާ މަގުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ދީފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުން، އެ މީހާއަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައެވެ. އަދި މި ހަމަލާގައި އޭނާގެ ކަރަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލުމާ ގުޅިގެން އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުއެވެ. އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހަމަލާ ދިން ސަބަބެއް އަދި ހަމަލާ ދިން މީހަކު މިހާތަނަށް ހޯދިފައިވާކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
