ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނުން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނުން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި، ދިވެހި ދެ އަންހެނުން ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • ޢަލްޔާ ޝަރްސާ ނަޞީރު (25އ): ގ. މުތީގެއާގެ / މާލެ

  • އާމިނަތު ރޫނާ (29އ): ބިޖިލީއުފާ / ކ. ތުލުސްދޫ

މި ދެމީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއަށް އައިސް އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.

މި މައްސަލައިގައި ހިމެނޭ ދެވަނަ މީހާ، ރޫނާ ހައްޔަރުކޮށްފައިވަނީ އެޕްރީލް 17 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި މައްސަލައަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައަކަށްވާއިރު، އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.