ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2028 ގެ އެމްޑީޕީ ރިޔާސީ ޓިކެޓް ފައްޔާޒަށް ދެއްވަން ނަޝީދު ތާއީދުކުރައްވައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ނެރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން އިޢުލާންކުރެއްވީ، އެމަނިކުފާނާއި ފައްޔާޒު ގުޅިވަޑައިގެން މިއަދު ބޭއްވެވި "ބޮޑު ބަދަލު" ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ފައްޔާޒް ގެނައުމަކީ އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމެއް ކަމަށެވެ.