ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާޓީ މެމްބަރުންގެ ތާއީދު އެބައޮތް، އިރާދަކުރެއްވިއްޔާ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ: ސިނާ

ޕާޓީ މެމްބަރުންގެ ތާއީދު އެބައޮތް، އިރާދަކުރެއްވިއްޔާ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ: ސިނާ

ޕާޓީ މެމްބަރުންގެ ތާއީދު އެބައޮތް ކަމަށާއި ޕްރައިމަރީ ކާމިޔާބު ކުރައްވާނޭ ކަމުގައި އެދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

މެމްބަރު ސިނާން މިހެން ވިދާޅުވީ އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އިންތިހާބު އިއުލާންކުރުމާއި ގުޅިގެން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އަލުން ގޮނޑި ހޯދުމަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ.

ޕީއެންސީ ޕްރައިމަރީގައި ސިނާ އެކު ދެން ވާދަކުރައްވަނީ އަހުމަދު ސައީދުއެވެ. ސައީދުއަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ.

އެހެންނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް އޭނާއަށް އިންތިހާބު ވީ ނާކާމިޔާބެވެ.

ސިނާ ވިދާޅުވީ މަޖިލިސްގެ މެމްބަރެެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވާނީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއިއެކު ކަމަށެވެ.

އެހެންކަމުން ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ފުރިހަމަ އިތުބާރާއިއެކު ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގަ އެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓު ޕީއެންސީގެ ވެބްސައިޓު www.pnc.mv ގައި މާދަމާ އާންމު ކުރާނެ ކަމަށް އެ ޕާޓީން ކުރިން ކުރި އިއުލާނުގައި ވެ އެވެ.


އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރަަން ހުށަހެޅުއްވީ ސޯބެ އެކަނި ކަމަށް ވާތީ، އޭނާ އަށް އެ ޕާޓީގެ މިހާރު ވަނީ ދީފަ އެވެ.



ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ފުރުއްވައިފަ އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.