އީރާނާ ދެކޮޅަށް ނިއުކްލިއާ ކޯޑް ބޭނުންކުރަން ޓްރަމްޕް އެދުމުން ޖެނެރަލް ޑޭން އެކަމަށް އިންކާރު ކޮށްފި
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޑޭން ކޭން، ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ކުއްލި ބައްދަލުވުމަކުން ނުކުމެވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ އީރާނާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅުންހުރި އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި، ރައީސް ޓްރަމްޕް ބޭނުންފުޅުވީ އީރާނަށް ބިރުދެއްކުމުގެ ގޮތުން ނިއުކްލިއާ ކޯޑްތައް އެކްޓިވޭޓް ކުރުމަށެވެ. ނަމަވެސް، ޖެނެރަލް ކޭން ވަނީ ރައީސްގެ މި ނިންމެވުމަށް އަމަލުކުރެއްވުމަށް އިންކާރު ކުރައްވާފައެވެ.
ބުނެވޭ ގޮތުގައި ނިއުކްލިއާ ކޯޑަކީ، ނިއުކްލިއާ ހަމަލާތައް ދިހުމަށް އަންގަން އަސްކަރިއްތާގެ ސިފައިންނަށް ކުރާ މުއާމަލާތްތަކަށް ދީފައިވާ ވަކި ކޯޑުތަކެކެވެ.
Ads by BMLމި ބައްދަލުވުމުގައި ޖެނެރަލް ކޭން ހަވާލާދެއްވީ އެމެރިކާގެ 'ޔުނީފޯމް ކޯޑް އޮފް މިލިޓަރީ ޖަސްޓިސް' އަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ އަމުރަކަށް ތަބާނުވުމުގެ ގާނޫނީ ބާރު އަސްކަރިއްޔާއަށް ލިބިގެންވެއެވެ. މިއީ އެމެރިކާގެ އެންމެ މަތީ ފަންތީގެ ވެރިންގެ މެދުގައި އުފެދުނު ވަރަށް ނާޒުކު އަދި ސީރިއަސް ހިޔާލުތަފާތުވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްއިންނާއި ޕެންޓަގަންއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިކަމުގެ ސަބަބުން އެމެރިކާގެ ދާޚިލީ އަދި ޚާރިޖީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
