އީރާނުގެ ވަރުގަދަ ރައްދެއް ޓްރަމްޕަށް: ތިކަހަލަ މޮޔައަކު ކޮށްލާ ޓްވީޓަކަށް ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވާނަން
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދުގެ ކަންކަމުގައި ގޮތް ނިންމާނީ އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ކަމަށެވެ. އަދި ޓްރަމްޮް ފަދަ މޮޔައަކު ބުނެގެން އެކަން ނުކުރާނޭ ކަަމަށް ވަނީ ބުނެފައެވެ.
އީރާނުގެ އަސްކަރިއާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނީ ހަމައެކަނި އީރާނުފެ ލީޑަރު ޚާމަނާއީގެ އަމުރުފުޅަށްކަމަށެވެ. އަދި ޓްރަމްޕް ކަހަލަ މޮޔައަކު ކުރާ ޓުވީޓަކަށް ނޫންކަމަށެވެ. މި ބަޔާނަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ރައްދުދީ ނެރެފައިވާ ބަޔާނެއް ކަމަށް ބެލެވެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދެވެ. އިރާނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި، ބޭރުގެ ނުފޫޒުތަކާ މެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
Ads by BMLމި ބަޔާނުން ދޭހަވަނީ އިރާނުގެ އަސްކަރީ ނިންމުންތަކުގައި އެ ގައުމުގެ ދީނީ އަދި ސިޔާސީ އެންމެ މަތީ ވެރިޔާގެ ދައުރުގެ މުހިންމުކަމެވެ. އަދި ބޭރުގެ ގައުމުތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފިއްތުންތަކަށް އިރާނުން ބޯނުލަނބާނެ ކަމުގެ އިންޒާރުވެސް މި ބަޔާނުގައި ހިމެނެއެވެ.
Ads by MACL
