އީރާން އިންޓެލިޖެންސް: އެމެރިކާ-އިޒްރޭލުން އީރާނަށް ނުރައްކާތެރި ކުއްލި ހަމަލާއެއް ދެނީ
އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ކުއްލި ސަޕްރައިޒް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް އީރާނުގެ ވެރިރަށް ތެހެރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ގައުމުގެ އިންޓެލިޖެންސް އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި އެމެރިކާގެ އަސްކަރިއްޔާއާއި އިސްރާއީލުގެ ސިފައިން ދަނީ އީރާނުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އީރާނުން އަދި ހާމައެއް ނުކުރެއެވެ.
މި ޚަބަރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އީރާނުން ބުނެފައިވަނީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަންނަ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
Ads by BML"އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ހައްގު އަދަބު ދެވޭނެ،" އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން އެމެރިކާއިން ނުވަތަ އިސްރާއީލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި ހަފްތާތަކުގައި މި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.
Ads by MACL
