ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ވައިގެ ސަރަހައްދުން މިސައިލްތަކެއް ދަތުރުކުރާ މަންޒަރު

މިސައިލް ދަތުރުކުރާ މަންޒަރު/ ފޮޓޯ: އެމްވީ ކްރައިސެސް
މިސައިލް ދަތުރުކުރާ މަންޒަރު/ ފޮޓޯ: އެމްވީ ކްރައިސެސް

މިއަދު 9:10 ހާއިރު ލާމު އަތޮޅުގެ މަތިން މިސައިލްތަކެއް ދަތުރުކުރި މަންޒަރު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 6 މިސައިލް ވަނީ ލ އަތޮޅު މަތިން ދަތުރުކޮށްފައެވެ. އަދި މި އެއްޗެހި ދަތުރުކުރަމުން ދިޔައީ އާންމުކޮށް ފްލައިޓްތައް ދަތުރުކުރާ އުސްމިނުގައި (ފްލައިޓް ލެވަލްގައި) ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މި ތަކެތި ދަތުރުކުރަމުން ދިޔައީ ހުޅަނގުން ކުޑަ ތަންކޮޅެއް އިރުދެކުނަށް މިސްރާބު ހިފައިގެންނެވެ.

މި ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއީ ގާތްގަނޑަކަށް 9:14 ހާއިރު، ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށްވެސް އެ ސަރަހައްދުން މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ރަސްމީ އިދާރާތަކުން އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި މި ތަކެއްޗަކީ ކޮން ގައުމަކުން ފޮނުވާލި އެއްޗެއްކަން ނުވަތަ ކޮން ބޭނުމަކު ދަތުރުކުރި އެއްޗެއްކަންވެސް އަދި ސާފެއް ނުވެއެވެ.