ސިޔާސީ ވަޒީފާ ދިނުމާގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ މާނައޮޅޭގޮތަށް ޚަބަރު ފަތުރާކަމަށް ސަރުކާރުން ބުނެފި
ސިޔާސީ ވަޒީފާ ދިނުމާގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ މާނައޮޅޭގޮތަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރާކަމަށް ސަރުކާރުން ބުނެފިއެވެ.
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާ ދެއްވިކަމަށް އިއުތިރާފުވެވަޑައިގަތުން ކަމަށް ސިފަކޮށް އަދަދު ނޫހުން ލިޔެފައިވަނީ ރައީސްގެ ވާހަކަފުޅުގެ ރޫހާ މުޅިން ޚިލާފަށް ކަމަށެވެ.
އަދި މިއީ ވަކި އެޖެންޑާއެއް ޙާޞިލުކުރުމަށް، ނޫސްވެރިކަމުގެ ސުލޫކާ ބީރައްޓެހި ގޮތަކަށް ގެނެސްދީފައިވާ ލިޔުމެއްކަން ފާހަގަކުރައްވައި، ކުރިމަގުގައިވެސް މިފަދަ ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މުންދު ވަނީ ދެއްވާފައެވެ.
Ads by BMLރައީސް މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ޙަޤީޤަތުގައި އަލިއަޅުއްވާލައްވާފައިވަނީ ސިޔާސީ ގޮތުން މީހުންނަށް ވަޒީފާ ދިނުމަކީ ދިވެހި ރައްޔިތުން މިއަދު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކެމްޕެއިނާ ގުޅުވައިގެން ނުވަތަ ސިޔާސީ މަންފާއަކަށްޓަކައި ވަޒީފާ ދިނުމުގެ ސަގާފަތް ރާއްޖޭގައި ނިމުމަކަށް އަންނަންޖެހޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި، ސަރުކާރުން ދެން އަމަލުކުރާނީވެސް އެ މަގަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ފަހުން ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީތަކަށް) މުވައްޒަފުން ނަގާނީ ހަމައެކަނި ޤާބިލިއްޔަތަށް ބަލައިގެން މެރިޓް އުސޫލުން ކަމަށް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެއްވެސް އިދާރާއަކަށް ވަޒީފާއަށް މީހުން އައްޔަންކުރާނީ އާންމުކޮށް އިއުލާނުކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއަށް (ސީވީއަށް) ބެލުމަށްފަހު، ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.
Ads by MACL
