ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މި މަހު 25 ގައި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހު 25 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކޮންގްރެސް ޕާޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ ވޯޓްލުން އޮންނާނީ އެ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. ޕްރައިމަރީގައި ކޮންގްރެސްގެ މެންބަރުންނަށް ވޯޓް ލެވޭނީ މި އިންތިޚާބުގައި ވޯޓްލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
https://x.com/pnc_secretariat/status/2046302451029123577ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
Ads by BMLމި އިންތިޚާބުގެ ހުރިހާ ކަމެއް ރާވާ ހިންގާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާ އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި ޢަމަލުކުރަން ޖެހޭ އުޞޫލުތައް އެ ކޮމެޓީން އާންމު ކުރާނެ ކަމަށްވެސް ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Ads by MACL
