ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިރުދައްކައިގެން މަޝްވަރާ ނުކުރެވޭނޭ، އީރާނަށް ބިރު ނުދެއްކޭނެ: ގާލީބާފް

ބިރުދައްކައިގެން މަޝްވަރާ ނުކުރެވޭނޭ، އީރާނަށް ބިރު ނުދެއްކޭނެ: ގާލީބާފް

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ގާލީބާފް ވިދާޅުވީ، ބިރުދެއްކުމާއި އިންޒާރުގެ ދަށުން އެއްވެސް މަޝްވަރާއެއްގައި އީރާނުން ބައިވެރިނުވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، "ޓްރަމްޕް ބޭނުންފުޅުވަނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގައި، މަޝްވަރާގެ މޭޒަކީ އީރާނުން އަމާންދޭ މޭޒަކަށް ބަދަލުކުރަން" ކަމަށެވެ.

ނަމަވެސް އީރާނުން އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ގާލީބާފް އިތުރަށް ވިދާޅުވީ، "ބިރުދެއްކުމުގެ ހިޔަނިދަށުގައި ކުރެވޭ އެއްވެސް މަޝްވަރާއެއް އީރާނުން ގަބޫލެއް ނުކުރާނަން" ކަމަށެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އީރާނާ މެދު ގެންގުޅުއްވާފާނެ ހަރުކަށި ސިޔާސަތުތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަތަކެކެވެ.

ގާލީބާފް ގެ މި ހާވަހަކަ ތަކަކީ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ދެވުނު އިންޒާރެއް ކަމަށް ބެލެވެއެވެ. އީރާނުން ދަނީ އެގައުމުގެ އިސްތިގުލާލާއި ކަރާމާތަށް އުނިކަން އަންނަ ފަދަ އެއްވެސް ޝަރުތަކަށް ދޫނުދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.