ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ މުޅި އީރާން ގޮއްވާލާނަން: ޓްރަމްޕް

އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ މުޅި އީރާން ގޮއްވާލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެ ގައުމުން އާ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުން އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ "މުޅި އީރާން ގޮއްވާލާނެ" ކަމަށެވެ.

މި މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން، ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަރަށް އަވަހަށް މަންދޫބުން ފޮނުއްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް، މި އިންޒާރުތަކަށް ރައްދު ދެމުން އީރާނުން ވަނީ އެމެރިކާގެ ހުށަހެޅުންތަކަށް ފުރަގަސްދީފައެވެ.

އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މަންދޫބުން އިސްލާމްއާބާދަށް ދިއުމަށް ތައްޔާރުކުރި ދަބަސްތައް ހުޅުވައި، ދަތުރު ކެންސަލް ކުރުމަށް އިރުޝާދު ދޭ ކަމަށެވެ.

އީރާނުން ބުނީ އެމެރިކާއިން ދޭ އެފަދަ އިންޒާރުތަކަށް އީރާނުން ފަސް ނުޖެހޭނޭ ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް ޑިމާންޑަކަށް އީރާނުން ތާއީދސު ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

"އީރާނުގެ އެއްވެސް ފަރާތަކުން އެމެރިކާގެ ހަގީގަތާ ހިލާފު އަދި ބޭކާރު ޑިމާންޑްތަކަށް ކަންފަތް ނުދޭނެ،" އީރާނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އީރާނުން ވަނީ އެމެރިކާއާއެކު އޮތް ހުރިހާ މުއާމަލާތްތަކެއް ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. މަސްރަހު މިހާ ބޮޑަށް ނުތަނަވަސްވެފައިވީ ނަމަވެސް، އީރާނުން ބުނަމުންދަނީ އެ ގައުމު އޮތީ ސާބިތުކަމާއެކު ކަމަށާއި، އެމެރިކާގެ ބިރުދެއްކުންތަކަށް ދޫނުދޭނެ ކަމަށެވެ.